އަތޮޅު ޚަބަރު
:ކުރީގެ ޚަބަރުތައް
 
 
 
ދިވެހި ރެޑް ކްރެސެންޓްގެ އިންތިހާބް މިއަދު ފެށޭނެ.
03 - 11 - 2007  ޚަބަރު ހެދީ   އިބްރާހިމް ރަޝީދު   

ދިވެހި ރެޑް ކްރެސެންޓްގެ ފުރަތަމަ އާންމު މަޖިލިސް ބޭއްވުމަށް މާލޭގައި ތަމްސީލު ކުރާ މަންދޫބުން ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓްލުން މިއަދު އޮންނާނެ. އަށާރަ މެންބަރު ހޮވުމަށް ހަމަޖެހިފައިވާ މިއިންތިޚާބަށް ފަންސަވީސް ކެންޑިޑޭޓުން ކުރިމަތިލާފައިވޭ. މިއިންތިޚާބުގައި ޗާންދަނީ މަގުގައި ހުންނަ ސެންޓަރ ފޮރ ކޮންޓިނުއިންގ އެޑިއުކޭޝަންގައި. ވޯޓްލުން އޮންނާނީ ހެނދުނު އަށަކުން ރޭގަނޑުގެ އަށްގަޑި ތިރީހަށް ކަމަށް އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް ރެޑްކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީޒް އައި.އެފް.އާރު.ސީ ން މަޢުލޫމާތުދޭ. މިއިންތިޚާބުގައި ވޯޓްދެވޭނީ މާލެ، ވިލިނގިލި، އަދި އަދި ހުޅުމާލޭގެ ރައްޔިތުންގެ ތެރެއިން އަށާރަ އަހަރުން މަތީގެ މީހުންނަށް. އަދި މިއިންތިޚާބުގައި މާލެ، ވިލިނގިލި، އަދި އަދި ހުޅުމާލޭގެ ރައްޔިތުން ވޯޓް ދެއްވުމަށްވެސް އައި.އެފް.އާރު.ސީ ން އެދޭ. ދިވެހި ރެޑް ކްރެސެންޓް އުފެއްދުމަށްޓަކައި އެކުލަވާލާފައިވާ އިންޓަރިމް ޕްލޭނިންގް ގްރޫޕްގެ ފަރާތުން އައި.އެފް.އާރު.ސީ އިން ދިވެހި ރެޑް ކްރެސެންޓްގެ ފުރަތަމަ އަންމު މަޖިލިސް ބޭއްވުމަށްޓަކައި މާލެއިން ހޮވާ އަށާރަ މެންބަރުންގެ އިތުރުން އަތޮޅު ތަކުންފަސްދޮޅަސް ދެމެންބަރުންވަނީ މިހާރުވަނީ ހޮވާފައި.ދިވެހި ރެޑް ކްރެސެންޓް އުފެއްދުމާއި ގުޅިގެން އެޖަމާއަތް މިނިވަން ކަމާއެކު އިންސާނިއްޔަތަށް ޚިދުމަތްކުރަން ފެށުމުން އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް ރެޑްކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީޒް ގެ މެނަބްރަކަށް ވުމަށް ހުށަހެޅޭނެ ކަމަށްވެސް އެޖަމާއަތުން މަޢުލޫމާތުދޭ.


ޕްރިންޓް   | ރަޙްމަތްތެރިޔަކަށް ފޮނުއްވާ